ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) އިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ %100 ހިއްސާ ގަނެ އެސް.ޓީ.އޯ. ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިނޭންސް

ޖަލްސާ ބޭއްވުނު ތާރީޚު

25 އޯގަސްޓު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) ގެ %100 ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުން. މިގޮތުން މި ބަދަލުތައް ގެންނެވުމަށްޓަކައި ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.
- މި ބަދަލު ގެނައުމަށްޓަކައި، އެސް.ޓީ.އޯ. ގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- އެސް.ޓީ.އޯ. ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސް.ޓީ.އޯ އަށް ދިނުމާއެކު ވިޔަފާރީގެ ޕްރޮސެސްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސް.ޓީ.އޯ.އަށް ދިނުން.
- ފެނަކައިގެ މުވައްޒަފުންގެ އަދަދު ރައިޓްސައިޒްކުރުމުގެ އިޚްތިޔާރު އެސް.ޓީ.އޯ. އަށް ދިނުށާއި، އެގޮތުން މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން.
- މި ބަދަލުތައް ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯ ގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުން.
- މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކޮށް، މިކަމުގައި ހުރި ފައިދާތައް ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި، ޕަބްލިކް ރިލޭޝަން (ޕީ.އާރު) ގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންދިއުން.
- މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ކުރިއަށްގެންދަވައި، މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ %100 ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުން.