ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީ އާ ގުޅޭ.

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިނޭންސް

ޖަލްސާ ބޭއްވުނު ތާރީޚު

23 ޖޫން 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ތިރީގައިމިވާ ސިޔާސަތުތައް ތަންފީޒުކުރައްވަން ފެށްޓެވުން.

• ދައުލަތުގެ އާމްދަނީއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހަޅުއްވާފައިވާ ސިޔާސަތުތައް، މޯލްޑިވްސް މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީ (އެމް.އެމް.ޓީ.އާރ.އެސް) 2024-2028 ގައި ހިމަނައި އެމް.އެމް.ޓީ.އާރ.އެސް ގެ ހުލާސާ (ވަން-ޕޭޖް އަދި ޓައިމްލައިން) އާންމުކޮށް ޝާއިޢުކުރެއްވުން.
• ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ތިރީގައިވާ ވަޒީރުން ހިމެނޭ ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުން. އަދި މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާގޮތުގެ މަޢުލޫމާތު، ކޮންމެ ހަފްތާއަކުވެސް ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކުރެއްވުން.
1. ޑޮކްޓަރ މުޙައްމަދު ޝަފީޤް މިނިސްޓަރ އޮފް ފިނޭންސް (ޗެއަރމަން)
2. އަލްފާޟިލް މޫސާ ޒަމީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒް
3. އަލްފާޟިލް މުޙައްމަދު ސަޢީދު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
4. އަލްފާޟިލް އަޙްމަދު ޝިޔާމް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
5. އަލްފާޟިލް އިބްރާހީމް ފައިޞަލް މިނިސްޓަރ އޮފް ޓޫރިޒަމް