ގްރޭޓަރ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމާ ގުޅޭ.

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ޖަލްސާ ބޭއްވުނު ތާރީޚު

23 ޖޫން 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- ގްރޭޓަރ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ "މާލެ ފަހި ޕްރޮގްރާމް" އާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ފާހަގަކުރައްވާފައިވާ ތިރީގައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލްތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނޫންވެސް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާ މަޝްވަރާކުރައްވައިގެން މިކަންތައްތަކުގެ ތަފްސީލު ހިމެނޭގޮތަށް، މި ޕްރޮގްރާމުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން.
- ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވުމުގެ ސަބަބުން ތޮއްޖެހިފައިވާ މައްސަލަ ޙައްލުކުރަން އެކުލަވާލާފައިވާ "މާލެ ފަހި ޕްރޮގްރާމް" ގައި ހިމަނާފައިވާ ޙަރަކާތްތައް ހިންގެވުން.
- މައި ރަޖިސްޓްރޭޝަން ސޮފްޓްވެއަރ 'މެޓްރިސް' ރިޕްލޭސްކޮށް އަދި ސެޓިފިކެޓް އޮފް އެންޓައިޓްލްމަންޓް (ސީއޯއީ) މޮޑިއުލް ހިމެނުމަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް 2025 ވަނަ އަހަރަށް ހަމަޖެއްސެވުން.
- މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރުފުކުރުމަށް 5 މިލިއަން ރުފިޔާގެ ބަޖެޓެއް، 2025 ވަނަ އަހަރަށް ހަމަޖެއްސެވުން.
- މި ޕްރޮގްރާމްގެ ދަށުން ތަޢާރުފުކުރެވޭ، ޓެކްސީލައިންއަށް ހުޅުމާލެއިން އަދި ގުޅީފަޅުން ބިން ކަނޑައެޅުއްވުން.
- މިސްކިތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތައް ކުރިމަތީގައި އަދި ކަފިހިހުރަހާއި ދުވާރު މަތީގައި ޕާކްކުރާކުރުމަށް ޙައްލެއް ގެނައުން.
- ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާ ހޯދައިގެންނާއި، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި، ގްރޭޓަރ މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯދުން.
- އާންމު ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ފަސޭހައިން ރައްޔިތުންނަށް ލިބޭނެ މަގުފަހިކޮށްދިނުން.
- އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ މުރާޖަޢާކުރުން.
- ބްރިޖާއި ހައިވޭފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޓޯލް ފީއެއް ނެގުމާ ގުޅޭގޮތުން މަޝްވަރާކުރުން.
- މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ޙައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުން.
- މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރުތައް ޕާކްކުރާނެ އިމާރާތްތަކެއް އެޅުން. އަދި މިފަދަ ތަންތަނުގައި އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުން.
- މިހާރުން މިހާރަށް ފެށެންހުރި ކަންތައްތައް ފެށުމަށާއި އަދި ކުރުމުއްދަތެއްގައި ފެށެންހުރި ކަންތައްތައް ފާހަގަކޮށް، އެކަންކަން ކުރާނެ ގޮތެއް ޕްލޭންގައި ހިމެނުން."